!އި ންޓަނެޓް ޝަޓްޑައުން އަކީ ކޮބައި ހެއްޔެވެ؟ ދެކުނު އަދި އިރުދެކުނު އޭޝިއާގެ މަދަނީ ޖަމިއްޔާތަކަށް ދޭ އިރުޝާދެއް
URL: https://engagemedia.org/2022/internet-shutdowns-south-southeast-asia/


މިއަދުގެ ޑިޖިޓަލް މުޖުތަމައުގައި އިންޓަނެޓް ލިބުމަކީ އާންމު ދިރިއުޅުމުގައި ކޮންމެހެން ބޭނުންތެރި ބައެކެވެ: ވިޔަފާރިއާއި މާލީ މުއާމަލާތްތައް ހިންގުމުގެ އިތުރުން އެހެން މީހުންނާ މުއާމަލާތްކުރުމާއި އޮންލައިންކޮށް އުނގެނުންވެސް މީގެ ތެރޭގައި ހިމެނެއެވެ. އިންޓަނެޓް ބޭނުންކުރުން ހަނިކުރުމުން – އިޖުތިމާޢީ ހަމަނުޖެހުންތަކުގެ ދުވަސްވަރު ދެކުނު އަދި އިރުދެކުނު އޭޝިޔާގެ ބައެއް ޤައުމުތަކުގައި ދިމާވެފައިވާ ފަދައިން މީހުންގެ ދިރިއުޅުމަށް ނޭދެވޭ އަސަރު ކުރާނެއެވެ

އިންޓަނެޓް ޝަޓްޑައުން އަކީ ކޮބައިތޯ؟ ސަރުކާރުން ނުވަތަ އެހެން ފަރާތްތަކުން އިންޓަރނެޓް ބޭނުން ނުކުރެވޭ ގޮތައް ހެދުމުން ވާނީ ކިހިނެއް ހެއްޔެވެ؟ އިންޓަނެޓްގެ ޚިދުމަތް މުޅިން ކަނޑާލުން ނުވަތަ ބޭނުން ނުކުރެވޭ ގޮތައް ހެދުން ދޭހަކޮށްދޭ ގިނަ މާނަތަކެއް އެކުލެވިގެން ވެއެވެ. މީގެ ތެރޭގައި ވަކި ވެބްސައިޓްތަކަށް ވަދެވޭ ގޮތް ހެދުން ، ބްލޮކް ކުރުމުން ފެށިގެން އިންޓަނެޓް ސްޕީޑް ލަސްކުރުންވެސް މީގެ ތެރޭގައި ހިމެނެއެވެ. އެހެން ކަމުން މިބާވަތުގެ އަމަލުތައް ދެނެގަނެ ލިބިފައިވާ ހައްގުތަކަށް އަރައިގަންނަ މީހުން ޖަވާބު ދާރީ ކުރުމަށާއި ފިޔަވަޅުތައް އެޅުމުގައި މަދަނީ ޖަމިއްޔާތަކުން ކުރާ މަސައްކަތަކީ ވަރަށް މުހިންމު ކަމެކެވެ

މި ލިޔުމުގައި އިންޓަނެޓް ޝަޓްޑައުންގެ އެކި ބާވަތްތަކާއި، މިހާރު ހުރި ޓެކްނޮލޮޖީ ބޭނުންކޮށްގެން އެކަންކަން ތަންފީޒުކުރާ ގޮތާއި، އިންޓަނެޓް އަށް ހިލޭ ވަދެވޭނެ ގޮތް ދެމެހެއްޓުމަށް މަދަނީ ޖަމިއްޔާތަކުން ރައްދު ދެމުންދާ ގޮތް ބަޔާންކޮށްފައިވެއެވެ


 !ދޮ ގު ވާހަކަތަކާއި އޮޅުވާލުންތައް

އިންޓަނެޓް ބޭނުން ނުކުރެވޭ ގޮތް ހެދުމަކީ ކަރަންޓް ކެނޑުން ކަހަލަ ނުވަތަ އިންޓަނެޓް ސެންސަރު ކުރުމާ އެއް މާނައެއް ދޭހަވާ ކަމެއް ކަމަށް ބެލެވެއެވެ. "ކީޕްއިޓްއޮން" ކޯލިޝަނުން ކްރައިޑްސޯސްޑް މާނައިގައި ބުނާ ގޮތުން އިންޓަނެޓް ޝަޓްޑައުން އަކީ "އިންޓަނެޓް ނުވަތަ އިލެކްޓްރޯނިކް މުވާސަލާތުތައް ގަސްތުގައި ބުރޫއަރުވައި، ވަކި އާބާދީއަކަށް ނުވަތަ ވަކި ބަޔަކަށް، މައުލޫމާތު ފޯރުކޮށް ނުދިނުމައްޓަކައި ކޮންޓްރޯލްކޮށް އިންޓަރނެޓް އަށް ނުވަދެވޭ ގޮތް ހެދުމެވެ

މި މާނައިން ދޭހަވާ ގޮތުގައި ޝަޓްޑައުން ވުމަކީ ހަމައެކަނި އިންޓަރނެޓް އަށް ނުވަދެވުމަށް ވުރެއް މާގިނަ ކަންތައްތައް މީގެތެރޭގައި ހިމެނެއެވެ. މިސާލަކަށް މޯބައިލް ސާވިސް ޑިސްޓްރަޕްޓް ވުމާއި، ކަނެކްޝަންތައް ބުރޫއެރުމާއި ނުވަތަ ލަސްވުމާއި، ވަކި ޕްލެޓްފޯމްތައް ޚިޔާރުކޮށްގެން ބްލޮކް ކުރުމަކީ އިންޓަނެޓް ޝަޓްޑައުން ކަމަށް ބެލެވެއެވެ

އިންޓަނެޓް ސެންސަރު ކުރުމުން ވާނީ ކިހިނެތް؟ އިންޓަނެޓް ޝަޓްޑައުން ކުރުމަކީ ސެންސަރޝިޕްގެ ގޮތްތަކެއް ކަމަށް ބެލެވޭއިރު (ނެޓްވޯކް ޑިސްޓްރަޕްޝަންގެ ސަބަބުން ކޮންޓެންޓް ޕޯސްޓް ނުވަތަ އޮންލައިންކޮށް ޚިޔާލު ފާޅުކުރުމަށް ހުރަސްއެޅޭތީ) އިންޓަނެޓް ސެންސަރޝިޕްގެ ހުރިހާ ހާދިސާތަކަކީ ޝަޓްޑައުން ކަމަށް ނުބެލެވެއެވެ

"އެކްސެސް ނައު" އިން މާނަކުރާ ގޮތުގައި ހަގީގީ މަގްސަދު ބިނާވެގެން ވަނީ ޕްލެޓްފޯމްތައް ބުލޮކް ކުރުމެވެ. މަތީގައިވާ މާނަކުރުމުގައި އިލެކްޓްރޯނިކް މުވާސަލާތުތަކަށް ބުރޫއެރުމުގެ މައްޗަށް އަލިއަޅުވާލާފައިވެއެވެ؛ ވަޓްސްއެޕް، ފޭސްބުކް، އަދި ޓްވިޓާ ފަދަ މަލްޓި ވޭ ކޮމިއުނިކޭޝަންތަކަށް ފަރުމާކޮށްފައިވާ ޕްލެޓްފޯމްތައް ބްލޮކްކޮށްފިނަމަ މިއީ އިންޓަނެޓް ޝަޓްޑައުންތަކެއްގެ ގޮތުގައި ބެލެވޭނެ އެވެ. ނަމަވެސް ކޮންޓެންޓް ޝާއިއުކުރާ ޕްލެޓްފޯމްތައް ބްލޮކް ކުރާއިރު - ޚަބަރު ވެބްސައިޓްތައް ފަދަ ސައިޓްތައް އިންޓަނެޓް ސެންސަރޝިޕްގެ ގޮތުގައި ބަލާނެ އެވެ

!އިންޓަނެޓް ޝަޓްޑައުން ކުރުމަށް ދޭހަ ކޮށްދޭ މާނަ

އެކްސެސް ނައުގެ ކުރީގެ ޕޮލިސީ ފެލޯއެއް ކަމަށްވާ ޑެނިޒް ޑޫރޫ އައިދީން ބުނެފައިވާގޮތުން ސެންސަރު ކުރުމާއި މައުލޫމާތު ކޮންޓްރޯލް ކުރުމުގެ އިތުރުން، އިންޓަނެޓް ބަންދުކުރުމަށް ދައުލަތުގެ އެކިފަރާތްތަކުން މި ނެޓްވޯކް ޑިސްޓްރަޕްޝަންތައް​  ލާޒިމުކުރުމަށް އެކި ކަހަލަބަހަނާތައް ދައްކައެވެ

:ސަރުކާރުން އާންމުކޮށް ދައްކާ ބައެއް ބަހަނާތަކަކީ

ޤައުމީ ސަލާމަތް: މިއީ އިންޓަރނެޓް އަށް ނުވަދެވޭނެ ގޮތް ހެދުމަށް އެންމެ އާންމުކޮށް ބޭނުންކުރާ ޖަސްޓިފިކޭޝަނެކެވެ. އެހެންކަމުން މައުލޫމާތު
 ނުލިބި، ލޯބިވާ މީހުންނާ ގުޅުން ކެނޑިފައިވާ ވަގުތުތަކުގައި މީހުންނަށް ރައްކާތެރިކަމާއި ރައްކާތެރިކަން އިހުސާސް ނުކުރެވޭނެއެވެ

  އިންތިޚާބު: ސަރުކާރުތަކުން ޝަޓްޑައުން ކުރަނީ އިންތިޚާބާ ގުޅުން ހުރި ދޮގު މައުލޫމާތު ފެތުރުން ހުއްޓުވުމަށް ކަމަށް ބެލެވެ އެވެ. ނަމަވެސް ހަގީގަތުގައި ޝަޓްޑައުންތަކުގެ ސަބަބުން ނޫސްވެރިންނާއި އިންތިހާބުތައް ބެލެހެއްޓުމަށްޓަކައި މޮނިޓަރކޮށް މުއާމަލާތް ކުރާފަރާތް ތަކަށް ހުރަސްއެޅުމެވެ

މުޒާހަރާ: މުޒާހަރާތަކުގައި ޝަޓްޑައުން ބޭނުންކުރަނީ ގާނޫނާއި ގަވާއިދު ދެމެހެއްޓުމަށް ކަމަށް ބުނި ނަމަވެސް ހަގީގަތަކީ އެކިފަރާތް މުޒާހަރާގެ މައުލޫމާތު ފޯރުކޮށް ނުދިނުމަށްޓަކައި ހުރަސް އެޅުމެވެ

ސްކޫލް އިމްތިޙާނުތައް: މަކަރާއި ހީލަތް ހެދުން ހުއްޓުވުމަށްޓަކައި އިމްތިޙާނާ ދިމާކޮށް އިންޓަރނެޓް ޝަޓްޑައުން ކުރެއެވެ. ނަމަވެސް މަދު ބަޔަކަށް މީގެ އަސަރު ކުރުމަށް ވުރެ ނިސްބަތުން ބޮޑު ބަޔަކަށް މީގެ އަސަރެއް ކުރެއެވެ

  ސަރުކާރުގެ މަތީ ފަރާތްތައް ނުވަތަ އޮފިޝަލުން ޒިޔާރަތްކުރުން: ސަރުކާރުގެ އޮފިޝަލުން ނުވަތަ ބޭރުގެ ސިޔާސީ ލީޑަރުން ރައްކާތެރިކޮށް ބެހެއްޓުމަށްޓަކައި ސަރުކާރުތަކުން އިންޓަރނެޓް ޝަޓްޑައުންތައް ކަނޑައަޅައި، މައުލޫމާތު ހޯދުމުގެ ހައްގުތަކަށް ހުރަސްއެޅެއެވެ

ފާއިތުވި އަހަރުތަކުގައި ދެކުނު އަދި އިރުދެކުނު އޭޝިއާގެ ބައެއް ގައުމުތަކުގެ ސަރުކާރުތަކުން މި ބަހަނާތައް ދައްކަމުން އަންނަ ކަމަށް ވެސް ވިދާޅުވި އެވެ. އެކްސެސް ނައު އިން ނެރުނު ރިޕޯޓެއްގައިވާ ގޮތުން މި ދެ ސަރަހައްދަކީ އިންޓަނެޓް އަށް ނުވަދެވޭނެ ގޮތް ހެދުމަށްޓަކައި އެންމެ ބޮޑު ބައެއް އަދާކުރާ ދެ ސަރަހައްދެވެ. 2021 ވަނަ އަހަރު އަފްޣާނިސްތާން، ބަންގްލަދޭޝް، އިންޑިއާ، އިންޑޮނޭޝިއާ، މިޔަންމާ، އަދި ޕާކިސްތާނުގައި 128 އިންޓަނެޓް ޝަޓްޑައުން ރެކޯޑް ކުރެވުނު ނަމަވެސް، ހަގީގީ އަދަދުތައް އެއަށްވުރެ މަތިވުން އެކަށީގެންވެ އެވެ

އިންޑިއާއަކީ އިން އިންޓަނެޓް ޝަޓްޑައުން ރޭންކިންގެ އެންމެ ކުރީގައި ބެލެވޭ ގައުމެވެ. އެހެންކަމުން 2012 ވަނަ އަހަރުން ފެށިގެން މަދުވެގެން 665 އިންޓަނެޓް ޝަޓްޑައުން ރެކޯޑްކޮށްފައިވާއިރު، މިޔަންމާ އަކީ ވެސް އެންމެ ބޮޑަށް އިންޓަރނެޓް ޝަޓްޑައުން ކުރުމުގައި ހިމެނޭ އެއް ގައުމެވެ. އަދި 2021 ވަނައަހަރު މިލިޓްރީ ބަޣާވަތަކަށް ފަހު 15 ފަހަރު އިންޓަރނެޓް ޝަޓްޑައުން ކޮށްފައިވެއެވެ. އާންމުންގެ މުޒާހަރާތަކުގެ ތެރޭގައި ސޯޝަލް މީޑިއާ އާއި އިންޓަނެޓް ބޭނުންކުރުން ހުއްޓުވުމަށް އަމުރުކޮށްފައިވާއިރު، ފާއިތުވި އަހަރުތަކުގައި ވަނީ ވާޗުއަލް ޕްރައިވެޓް ނެޓްވޯކްތައް ބޭނުންކުރުން ހުއްޓުވުމަށް ޓަކައި ރެގިއުލޭޓްކުރާ ހަރުކަށި ފިޔަވަޅު ތަކެއްވަނީ ތައާރަފްކޮށްފައެވެ

އިންޑޮނޭޝިއާގައި 2019 ވަނަ އަހަރު ރެކޯޑްކުރި އެތައް ޝަޓްޑައުންތަކެއްގެ ސަބަބުން ހުޅަނގު ޕަޕުއާ ސުރުޚީތަކަށް އަރާފައިވާއިރު، 2021 ވަނަ އަހަރު ކޯޓަކުން ވަނީ އިޖުތިމާއީ ހަމަނުޖެހުންތަކުގެ ތެރޭގައި އިންޓަނެޓް ބޭނުންކުރުން ހުއްޓުވުމަކީ ގާނޫނީ ކަމެއް ކަމަށް ހުކުމްކޮށްފަ އެވެ. މުޒާހަރާތައް ރޫޅާލާ، ދީނީ ފިތުނަތަކާ ގުޅިގެން އުފެދޭ ނުތަނަވަސްކަން ކޮންޓްރޯލްކޮށް، ގައުމީ އިންތިޚާބުގެ ކުރިން އަޑުތަކާއި ޕްރޮޕެގެންޑާތައް ހުއްޓުވުމަށް ބަންގްލަދޭޝްގައި ވެސް އެތައް ފަހަރަކު އިންޓަނެޓް ބަންދުކޮށްފައިވެ އެވެ. ޕާކިސްތާނުގައި ވެސް މިފަދަ ނެޓްވޯކް ޑިސްޓްރަޕްޝަންތަކެއް ރިޕޯޓްކޮށްފައި ވާއިރު، ޚާއްސަކޮށް ޕާކިސްތާނުގެ ހަމަނުޖެހުން ބޮޑު ބޯޑަރު ސަރަހައްދުތަކުގައި ވެސް މިމައްސަލަތައްވަނީ ރިޕޯޓްކޮށްފައިވެ އެވެ؛ 2015 ވަނަ އަހަރު ޕާޕަލްގެ ޒިޔާރަތާއި އެހެނިހެން އުފާފާޅުކުރުމުގެ ތެރޭގައި ފިލިޕީންސްގައިވެސް އިންޓަރނެޓް ބަންދު ކޮށްފައިވާއިރު؛ ސްރީލަންކާގައި ފަހަކަށް އައިސް އިގްތިސާދީ ދަތިކަމުން އުފެދިފައިވާ މުޒާހަރާތަކުގެ ތެރެއިންވެސް ވަނީ އިންޓަރނެޓް ބަންދުކުރެވިފައެވެ


!އިންޓަނެޓް މަސައްކަތްކުރާ ގޮތް

އިންޓަނެޓް ހުއްޓުވުމުގައި ފަންނީ ކަންކަމުގެ ތެރެއަށް ވަނުމުގެ ކުރިން އިންޓަނެޓް މަސައްކަތްކުރާ ގޮތް ދެނެގަތުން މުހިންމެވެ. އޮކްސްފޯޑް ޑިކްޝަނަރީގައި އިންޓަނެޓް މާނަކޮށްފައިވަނީ “ސްޓޭންޑަރޑައިޒްޑް ކޮމިއުނިކޭޝަން ޕްރޮޓޮކޯލްތައް ބޭނުންކޮށްގެން ގުޅިފައިވާ ނެޓްވޯކްތަކެއްގެ މައްޗަށް އެކުލެވޭ، ތަފާތު މައުލޫމާތާއި މުވާސަލާތީ ވަސީލަތްތައް ފޯރުކޮށްދޭ ގްލޯބަލް ކޮމްޕިއުޓަރ ނެޓްވޯކެއްގެ ގޮތުގައެވެ". އެއީ ދުނިޔެއާއި ގުޅުވައުދޭ " ވޯލްޑް ވައިޑް ވެބް" ގާއިމް ކުރެވޭ ޓެކްނިކަލް އިންފްރާސްޓްރަކްޗަރ އެވެ

އިންޓަނެޓަކީ ރައުޓަރަކާ ގުޅިފައިވާ ކޮމްޕިއުޓަރުތަކުގެ ކްލަސްޓަރެއް ކަމަށާއި، އެއަށްފަހު ގުޅިފައިވަނީ ގުޅިފައިވާ ކޮމްޕިއުޓަރުތަކުގެ އެހެން ކްލަސްޓަރތައް މެނޭޖްކުރާ އެހެން ރައުޓަރަކާއެވެ. އިންޓަނެޓް ސާވިސް ޕްރޮވައިޑަރ (އައިއެސްޕީ) އިން މި ރައުޓަރުތައް ގުޅުވަނީ ވަޔަރޑް ނުވަތަ ވައިލެސް ކަނެކްޝަން މެދުވެރިކޮށެވެ. އެންޑް ޔޫޒަރުންނަށް އިންޓަނެޓަށް ވަނުމަށްޓަކައި ކޮމްޕިއުޓަރުގައި ވެބް އެކްސެސް ސޮފްޓްވެއާ (އިންޓަނެޓް ބްރައުޒާސް) ބޭނުންކޮށްގެން ސަރވަރތަކާ ގުޅޭއިރު، މިއީ ވެބްޕޭޖް ނުވަތަ އެޕްތަކަށް ޑޭޓާ ރައްކާކުރާ ޚާއްޞަ ކޮމްޕިއުޓަރުތަކެކެވެ

މީހަކު އޭނާގެ ބްރައުޒާއަށް ވެބް އެޑްރެހެއް ޓައިޕް ކުރާއިރު، ބެކްގްރައުންޑްގައި އެތައް ކަމެއް ހިނގައެވެ

 ބްރައުޒާ ޑޮމެއިން ނޭމް ސިސްޓަމް (ޑީއެންއެސް) ސަރވަރ އަށް ގޮސް ވެބްސައިޓް ހޯސްޓްކުރާ ސަރވަރގެ އިންޓަރނެޓް ޕްރޮޓޮކޯލް (އައިޕީ) އެޑްރެސް ހޯދައެވެ

ބްރައުޒާއަށް ވެބްސައިޓްގެ ހަގީގީ ތަން އެނގިއްޖެ ނަމަ، އެ ރިކުއެސްޓް ކުރި ޑޭޓާ ކްލައިންޓަށް ފޮނުވުމަށް އެދި، ހައިޕަރޓެކްސްޓް ޓްރާންސްފާ ޕްރޮޓޮކޯލް (އެޗްޓީޓީޕީ) ރިކުއެސްޓެއް ސަރވަރަށް ފޮނުވައެވެ. މި މެސެޖާއި، ކްލައިންޓާއި ސަރވަރ އާއި ދެމެދު ފޮނުވާ އެހެން ހުރިހާ ޑޭޓާއެއް އިންޓަނެޓް ކަނެކްޝަން ހުރަސްކޮށް ފޮނުވަނީ ޓްރާންސްމިޝަން ކޮންޓްރޯލް ޕްރޮޓޮކޯލް (ޓީސީޕީ)/އައިޕީ ބޭނުންކޮށްގެންނެވެ

 އެއަށްފަހު ސަރވަރ އިން “200 އޯކޭ” މެސެޖެއް ފޮނުވައި، ވެބްސައިޓްގެ ފައިލްތައް ޑޭޓާ ޕެކެޓް ކިޔާ ކުދިކުދި ޗަންކްތަކެއްގެ ގޮތުގައި ބްރައުޒާއަށް ފޮނުވައެވެ

ބްރައުޒާއިން ހުރިހާ ޑޭޓާ ޕެކެޓްތަކެއް ފުރިހަމަ ވެބް ޕޭޖަކަށް އެސެމްބްލްކޮށް ޔޫޒަރަށް ދައްކާނެއެވެ

މިތަނުގައި ދައްކާފައިވާ ފަދައިން ވެބްސައިޓަކަށް ވަންނައިރު ގިނަ ކޮމްޕޯނެންޓްތަކެއް ހިމެނެއެވެ. އިންޓަނެޓް ޝަޓްޑައުން އެއް ދިމާވުމުން އާންމުކޮށް މި ކޮމްޕޯނެންޓްތަކުގެ ތެރެއިން ބައެއް ކޮމްޕޯނެންޓްތަކަށް އަމާޒުކޮށްފައިވެ އެވެ. އިންޓަނެޓްގެ އޮނިގަނޑާއި، އިންޓަނެޓް މަސައްކަތްކުރާ ގޮތް ދެނެގަތުމަކީ ނެޓްވޯކްގެ ކޮން ހިސާބުތަކެއްގައި އިންޓަނެޓް ޝަޓްޑައުން ދިމާވާ ކަންކަމާއި، އެކަން ހިންގި ގޮތް ދެނެގަތުމަކީ ވަރަށް މުހިންމު ކަމެކެވެ


!ޓެކްނިކަލް ގޮތުން އިންޓަނެޓް މެދުކަނޑާލާ ގޮތް

އިންޓަނެޓް މަސައްކަތް ކުރާ ގޮތުގެ ތަފްސީލުތަކުން ފެންނަ ފަދައިން، ވެބްގެ އިންފްރާސްޓްރަކްޗާ އެކުލެވިގެންވަނީ ވަރަށް ގިނަ ބައިތަކެވެ. ނެޓްވޯކްގެ އެކި ތަންތަނުގައި އިންޓަނެޓް މެދުކަނޑާލެވިދާނެ އެވެ. އެކްސެސް ނައު، ޖިގްސޯ އަދި އިންޓަނެޓް މެދުކަނޑާލުމާ ބެހޭ ދިރާސާ ކުރާ އެހެން ޖަމިއްޔާތަކުން ވަނީ، އެންމެ އާންމުކޮށް އެގްޒެކިއުޝަން ޕޮއިންޓްތަކުގެ ގޮތުގައި ތިރީގައި މިވާ ކަންކަން ފާހަގަކޮށްފަ އެވެ

 ބައިނަލްއަޤްވާމީ އިންޓަރނެޓް ބެކްބޯން: ކަނޑުއަޑީގެ އޮޕްޓިކަލް ފައިބަރ ކޭބަލް ކަނެކްޝަންތަކުގެ ސަބަބުން ހައިސްޕީޑް އިންޓަރނެޓް  ކަނެކްޓިވިޓީ ލިބިގެންދެއެވެ. މި ނެޓްވޯކް ޕޮއިންޓުތަކުގައި އެއްވެސް ގެއްލުމެއް ނުވަތަ ބުރޫއެރުމެއް ލިބިއްޖެނަމަ، އަސަރުކުރާ ގައުމުގައި ހޯސްޓްކުރާ ހުރިހާ ޔޫޒަރުންނާއި ހިދުމަތްތަކަށް އަސަރުކުރާނެއެވެ

 އިންޓަރނެޓް ގޭޓްވޭ: މިއީ ބައިނަލްއަޤްވާމީ އިންޓަރނެޓް ޓްރެފިކް ލޯކަލް ނެޓްވޯކާއި ގުޅުވައިދޭ އެއްޗަކަށް ވާތީ ޤައުމެއްގައި އިންޓަރނެޓް ކަނެކްޓިވިޓީގައި ވަރަށް މުހިންމު ދައުރެއް އަދާކުރާ އެއްޗެކެވެ

 ޤައުމީ އަދި ލޯކަލް އިންޓަރނެޓް ޚިދުމަތްދޭ ފަރާތްތައް: އައިއެސްޕީތަކުން ވަކި ސަރަޙައްދުތަކަށް އިންޓަރނެޓް ކަނެކްޝަން ފޯރުކޮށްދެއެވެ. މި ހިސާބުން ޑިސްޓްރަޕްޝަންތަކެއް ދިމާވެއްޖެނަމަ ނެޓްވޯކާއި ގުޅިފައިވާ ހުރިހާ ޔޫޒަރުންނަށް ވެސް އޭގެ އަސަރު ކުރާނެ އެވެ

ސިންގަލް ސްޕޮޓް (އެއް ސެލްފޯން ޓަވަރ ނުވަތަ ވަކި ކުޑަ ސަރަހައްދެއް): މި ފެންވަރުގައި ނެޓްވޯކް ޑިސްޓްރަޕްޓް ވުމުން ވަރަށް އަމާޒުކޮށްގެން ޝަޓްޑައުން ވެގެން ދާއިރު، އޭގެ އަސަރު ކުރާނީ ހަމައެކަނި ޓާގެޓް ކުރެވިފައިވާ ސެލްފޯން ޓަވަރުގެ ސަބްސްކްރައިބަރުންނަށްށެވެ

ކުށްކުރާ މީހުން އިންޓަނެޓް ޝަޓްޑައުން ތަންފީޒު ކުރަނީ ކިހިނެއް ހެއްޔެވެ؟ އިންޓަނެޓަށް “އޮން” އަދި “އޮފް” ސްވިޗެއް އެބައޮތް ހެއްޔެވެ؟

ސަރުކާރުން އިންޓަނެޓް އިންފްރާސްޓްރަކްޗަރ ކޮންޓްރޯލް ކުރާއިރު (ދައުލަތުގެ ހިދުމަތްދޭ ފަރާތްތައް މެދުވެރިކޮށް) އެހެން ފަރާތެއް މެދުވެރިނުކޮށް އަމިއްލައަށް ފަސޭހައިން ހަނިކުރެވިދާނެއެވެ. އެހެން ނޫންނަމަ، ކުއްކުރާ ފަރާތްތަކުން އައިއެސްޕީތަކަށް އަންގާނީ ނެޓްވޯކް ކަނެކްޓިވިޓީ ހަނިކުރުމަށް ނުވަތަ ވަކި ވެބްސައިޓްތައް ބްލޮކްކުރުމަށެވެ. ނެޓްވޯކް ޑިސްޓްރަޕްޝަންގެ މަޤްޞަދަށް ބަލާއިރު، އައިއެސްޕީތަކުން ބޭނުންކުރަނީ ތިރީގައި މިވާ އެއްގޮތެވެ

 ފަ ންޑަމަންޓަލް އިންފްރާސްޓްރަކްޗަރ ޝަޓްޑައުން: މި ބާވަތުގެ އިންޓަރނެޓް ޝަޓްޑައުން ދިމާވަނީ އިންޓަރނެޓްގެ ޚިދުމަތްތަކަށް ބޭނުންވާ ފިޒިކަލް ކޮމިއުނިކޭޝަންސް އިންފްރާސްޓްރަކްޗަރ ފޭލްވުމުން ނުވަތަ ހަލާކުވުމުންނެވެ. މިސާލަކީ ޕަވަރ ގްރިޑެއް ނުވަތަ ސެލްފޯން ޓަވަރެއް ޖިސްމާނީ ގޮތުން ނައްތާލުމެވެ

  ރަ އުޓިން: ނެޓްވޯކް ޓްރެފިކް ބްލޮކްކޮށް ކޮންޓްރޯލް ކޮށްފައިވާ އިންފްރާސްޓްރަކްޗާގެ ބޭރުން ނުދިއުމަށްޓަކައި ކީ ޕޮއިންޓްތަކުގައި (މިސާލަކަށް އިންޓަނޭޝަނަލް ގޭޓްވޭ) ރޫޓްގެ މައުލޫމާތު ބަދަލުކޮށް ނެޓްވޯކް ރޫޓިން މަސައްކަތްތައް މެނިޕިއުލޭޓް ކުރުން

ޑީއެންއެސް މެނިޕިއުލޭޝަން: ޑީއެންއެސް އަކީ އިންސާނުން ކިޔޭ ޑޮމެއިން ނަންތައް (ގޫގުލް. ކޮމް ފަދަ) މެޝިނުން ކިޔޭ އައިޕީ އެޑްރެސްތަކަށް (142.251.32.46 ފަދަ) ތަރުޖަމާކުރާ ނަން ދިނުމުގެ ނިޒާމެކެވެ. ޑީއެންއެސް މައުލޫމާތު މެނިޕުލޭޓް ކުރާއިރު ޓާގެޓް ކުރެވިފައިވާ ހިދުމަތްތައް ޝަޓްޑައުން ވެދާނެ އެވެ. މިކަން ދިމާވަނީ ޑީއެންއެސް މައުލޫމާތު މެނިޕިއުލޭޓްކޮށްގެން ޔޫޒަރުން ޑައިރެކްޓް ކުރަނީ ނެތް ސަރވަރަކަށް ނުވަތަ މިމަސައްކަތްކުރާ ފަރާތް ކޮންޓްރޯލްކުރާ ސަރވަރަކަށެވެ

 ފިލްޓަރކުރުން:
މިބާވަތުގެ ޝަޓްޑައުންގައި ވިޔަފާރީގެ ގޮތުން ފިލްޓަރކުރާ ސާމާނާއި ޓްރާންސްޕޭރެންޓް ޕްރޮކްސީ ޑިވައިސްތައް ބޭނުންކޮށްގެން އިންޓަނެޓްގެ ޚިދުމަތް ލިބުމަށް ހުރަސް އެޅެއެވެ. މި ފިލްޓަރިން ޑިވައިސްތައް މަސައްކަތް ކުރަނީ ނެޓްވޯކް ޓްރެފިކުން މެޓާޑޭޓާ އެނަލައިޒްކޮށް، އެ މެޓާޑޭޓާގެ މައްޗަށް ބިނާކޮށް އެކްސެސް އަށް ހުއްދަ ދީގެން ނުވަތަ ބްލޮކްކޮށްގެންނެވެ.

ތޮޓްލިންގ: މި ބާވަތުގެ ޝަޓްޑައުންގައި ނެޓްވޯކް މެދުވެރިކޮށް ޑޭޓާ ދަތުރުކުރުން ހަނިވެފައިވީނަމަވެސް މުޅިން ހުއްޓުމަކަށް ނާދެއެވެ. އިންޓަނެޓް ނުވަތަ ވަކި ހިދުމަތްތަކަށް ވަދެވޭނެ ގޮތް ލަސްކޮށް، އެ ހިދުމަތް ނުވަތަ ވަސީލަތެއް ފައިދާހުރި ގޮތެއްގައި ބޭނުން ނުކުރެވޭ ގޮތަށް ހެދުން؛ މިސާލަކަށް މޯބައިލް އިންޓަނެޓް 2ޖީއަށް ޑައުންގްރޭޑްކޮށްގެން ނުވަތަ ޑޭޓާ ސްޕީޑްއަށް އޮޅުވައިލެގެން ގެންނެވެ

ޑީ ޕް ޕެކެޓް އިންސްޕެކްޝަން: މިބާވަތުގެ ޝަޓްޑައުންގައި ނެޓްވޯކް ޑޭޓާ އިންސްޕެކްޓްކޮށް ސްކްރީން ކުރެއެވެ. އަދި ޑޭޓާ ޕެކެޓަކީ ޝަޓްޑައުން ކުރާ ފަރާތުން ކަނޑައަޅާފައިވާ މިންގަނޑަށް ނުފެތޭ ޕެކެޓެއްކަން ފާހަގަކުރެވިއްޖެނަމަ އިންސްޕެކްޝަން ޕޮއިންޓުން ޑޭޓާ ޕެކެޓު ބްލޮކް ކުރެއެވެ

ޑީ ނިއަލް އޮފް ސާވިސް (ޑީއޯއެސް) އެޓޭކް: މި ހަމަލާގެ ބޭނުމަކީ މެޝިނެއް ނުވަތަ ނެޓްވޯކެއް ނިއްވާލައި، މެޝިން ބޭނުންކުރާ ފަރާތްތަކަށް ނުވަދެވޭނެ ގޮތް ހެދުމެވެ. އަމާޒުކޮށްފައިވާ ޕްލެޓްފޯމް ނުވަތަ ސަރވަރ އަށް ފޭކް ޓްރެފިކް ފޮނުވަނީ އެ ޕްލެޓްފޯމް ބިޒީކޮށް ބެހެއްޓުމަށާއި ޔޫޒަރުންނަށް ޑޭޓާ ފޯރުކޮށްދިނުން ހުއްޓުވުމަށެވެ

!އި
ންޓަނެޓް ޝަޓްޑައުން ކުރުމުގައި ހޭލުންތެރިކަން އިތުރުކުރުން

ދުނިޔޭގެ އެކި ކަންކޮޅުތަކުގައި އިންޓަނެޓް މެދުކަނޑާލާފައިވާ މިންވަރުބަލާ ގިނަ ރިސާޗް އިންސްޓިޓިއުޓްތަކާއި މަދަނީ ޖަމިއްޔާތަކުން ދަނީ މިކަންތައް ޓްރެކްކޮށް މޮނިޓާ ކުރަމުންނެވެ. އޭގެ ތެރޭގައި ވެބްސައިޓްތައް ބްލޮކްކުރާ މިންވަރު ދެނެގަތުމަށް އޯޕަން އޮބްޒަވޭޓަރީ އޮފް ނެޓްވޯކް އިންޓަފެރެންސް (އޯއޯއެންއައި) މޮބައިލް އެޕްލިކޭޝަނެއް ތައްޔާރުކޮށް އޯއޯނީ އެކްސްޕްލޯރާގައި މި ޑޭޓާ ޝާއިރުކުރުން ހިމެނެއެވެ

އިންޓަނެޓް އައުޓޭޖް ޑިޓެކްޝަން އެންޑް އެނަލިސިސް (އައިއޯޑީއޭ) ޕްރޮޖެކްޓްގެ ދަށުން ނެޓްވޯކްގެ އައްސޭރިއަށް އަސަރުކުރާ މެކްރޮސްކޯޕިކް އިންޓަނެޓް ކެނޑުމުގެ މައްސަލަތައް ދެނެގަތުމަށް އިންޓަނެޓް މޮނިޓާކުރާއިރު، ސެންސަރޑް ޕްލެނެޓުން 200 އަށްވުރެ ގިނަ ގައުމުތަކުގެ ޑޭޓާ އެއްކޮށް ސެންސަރޝިޕް ހުރިކަން ނުވަތަ ނެތްކަން ދެނެގަނެއެވެ

ޓްރާންސްޕޭރެންސީ ރިޕޯޓްތައް މެދުވެރިކޮށް ގޫގުލް އިން އެ ކުންފުނީގެ އުފެއްދުންތަކަށް ޓްރެފިކްގެ ޑޭޓާ ތައް ޝާއިއުކޮށް، ރިއަލް ޓައިމް އެކްސެސް އަށް ހުރަސްއެޅުންތައް ޑޮކިއުމެންޓްކޮށް، ޝަޓްޑައުންތައް އަންގައިދެ އެވެ. އޯއޯނީ، އެކްސެސް ނައު އަދި އެންގޭޖްމީޑިއާ ފަދަ ޖަމާއަތްތަކުން ޝާއިއުކޮށްފައިވާ ދުނިޔޭގެ އެކި ކަންކޮޅުތަކުގައި އިންޓަނެޓް ބަންދުކުރުމުގެ ހާދިސާތައް ޑޮކިއުމެންޓް ކުރުމަށް ގިނަ ދިރާސާ ރިޕޯޓްތަކާއި ވަސީލަތްތައް ވެސް ވަނީ ނެރެފަ އެވެ

އިންޓަނެޓް މެދުކަނޑާލުން މޮނިޓާކޮށް ޑޮކިއުމެންޓް ކުރުމުގެ މި މަސައްކަތަކީ އާންމުން ހޭލުންތެރިކުރުވައި، މި ހައްގުތަކަށް އަރައިގަންނަ ފަރާތްތައް ޖަވާބުދާރީ ކުރުވުމަށް ކަމާބެހޭ ފަރާތްތަކަށް ޕްރެޝަރު ކުރުމަށް ވަރަށް މުހިންމު މަސައްކަތެކެވެ. ގައުމީ ސަލާމަތާއި އާންމު އަމަން އަމާންކަމަށް ޓަކައި އިންޓަނެޓް މެދުކަނޑާލުމަކީ ސަރުކާރުތަކުން ޖަސްޓިފައި ކުރާ ކަމެއް ކަމަށް ވާއިރު، މި ފުޅާ ފިޔަވަޅުތަކުގެ ސަބަބުން ހިޔާލު ފާޅުކުރުމުގެ މިނިވަންކަން ނިގުޅައިގަނެ، ނޫސްވެރިންނާއި އެކްޓިވިސްޓުންނަށް ވަޒީފާ އަދާކުރުމަށް ހުރަސް އެޅި، އިގްތިސާދީ، ސިޔާސީ އަދި އިޖުތިމާއީ އެތައް ޚަރަދެއް ކުރަން ޖެހެ އެވެ

އިންޓަރނެޓް މެދުކަނޑާލުމާއި، އެކްސެސް ރެސްޓްރިކްޝަންތަކަށް ހުރަސްއެޅުމާއި ރިޕޯޓްކުރުމާ ބެހޭގޮތުން ޢާންމުންގެ ޢިލްމާއި ހޭލުންތެރިކަން އިތުރުކުރުމުން، ޑިޖިޓަލް ޙައްޤުތަކަށް ވަކާލާތުކުރާ ފަރާތްތަކާއި މަދަނީ ޖަމްޢިއްޔާތަކުން މިބާވަތުގެ ޑިޖިޓަލް އޮތޯރިޓިޒަމްއާ ދެކޮޅަށް ކުރަމުންދާ މަސައްކަތްތައް މިހާރަށްވުރެ ހަރުދަނާކުރެވިދާނެއެވެ